ރާއްޖެއިން މިއަދު އިތުރު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެހީންނާއި ހަތް ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަ މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. ބާކީ ތިބީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

މިއަދުގެ ނަތީޖާ އެގޮތަށް ލިބުނީ 1،492 ސާމްޕަލް ޓެސްޓު ކުރުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއަދުގެ އަދަދުތަކާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 12030 އަށް އަރައިފައެވެ. އޭގެ ތެރެއިން 11،182 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާރު ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 800 އެވެ. އެ ބަލީގައި ރާއްޖެއިން 41 މީހަކު ވަނީ މަރުވެފަ އެވެ. މިއަދު ވެސް އެ ބަލީގައި ވަނީ މީހަރު މަރުވެފައެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ.

މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 13 ރަށަކާއި 26 ރިސޯޓެއްގައި އެ ބަލި ޖެހިފައިވާ މީހުން މިވަގުތު އެބަތިއްބެވެ. އޭގެ ތެރޭގައި 54 ފަތުރުވެރިންނާއި 140 ރިސޯޓު މުވައްޒަފުން ހިމެނެ އެވެ.