މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގަ އިސްލާމީ މަރުކަޒުގަ އެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ މުލަ ރޯދަ ދުވަހަކަށް ވާނީ މާދަމާ އެވެ.
އެހެން އަހަރަކުތަކެކޭ ވެސް އެއްގޮތަށް ހަނދު ސާބިތުކުރުމަށް މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ޖެހޭނީ މާލޭގައި ނަމަ ކޯޓެއްގެ ގަޒީއެއްގެ ކުރި މަތީގަ އެވެ. އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގަ އެވެ. މެޖިސްޓްރޭޓް ކޯޓެއް ނެތްނަމަ އެރަށެއްގެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިމަތީގަ އެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންޖެހެ އެވެ. އަދި ހަނދު ފެނި ހެކިބަސް އަދާކުރަން ދާ މީހާގެ ޚަރަދުތައް ހަމަޖައްސަމުން އަންނަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި އަމަލުކުރަމުން އަންނަނީ ރާއްޖެއަށް ހަނދު ނުފެނިއްޖެނަމަ ފަލަކީ ހިސާބަށް ބެލުމާއި މުސްލިމު ބޮޑެތި ގައުމަތަކަށް ހަނދު ފެނޭތޯ ބެލުމެވެ.