ވަކި ވަކި ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަށް ރާވައިގެން ހިންގާ ޙަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއްކަމަށް ރައީސުލްޖުމްހިއްޔާ ވިދާޅުވުމާއި ގުޅިގެން ކުރީގެ ރައީސް، އަދި އިކޮޅު ލީޑަރު ރައީސް ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށްގެންދާ ހަރަތާކުގެ ދަށުން "އިންޑިއާ އާއުޓް" ޖަހާފައިވާ ބެނާތަކެއް ވަނީ މާލޭގެ ތިން އިމާރާތެއްގައި ދަމާފަ އެވެ. އަދި ރައީސް ޔާމީންގެ ގެކޮޅުގައިވެސް ވަނީ އޭގެ ބެނާއެއް ނަގާފައިވެ އެވެ. އަދި ފުލުހުން ވަނީ މިއަދު ކޯޓު އަމުރާއެކު ޕީޕީއެމް އޮފީސް އިމާރާތުގައި ދަމާފައިވާ ބެނާ އާއި ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނަގާފަ އެވެ.

ބެނާ ނަގަމުން ދިޔަ ވަގުތު ރައީސް ޔާމީން ގެކޮޅުގައި ހުންނެވި އެވެ. އަދި އެމަނިކުފާނު އޭގެ ކުޑައިރުކޮޅެއްފަހުން ޕިޒިއޮތެރަޕީ ހެއްދެވުމަށް ނިކުމެވަޑައިގެން ކުޑަވަގުތުކޮޅަކަށް އެތަނުގައި ތިބި ޕާޓީގެ ބައެއް ބޭފުޅުންނާ އެކު މަޑުކޮށްލެއްވި އެވެ. އަދި ކާރުކޮޅަށް އަރާ ވަޑައިގަންނަވަމުން ވިދާޅުވީ "ހާދަ ވަރަކަށް ދަށުވެފައޭ ދޯ" މިހެންނެވެ. އެމަނިކުފާނިު އެ އިޝާރާތްކުރެއްވީ މިސަރުކާރު އިންޑިޔާގެ ދަށުވެފައި ވާ މިންވަރަށެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅައި ރައީސުލްޖުމްހޫރިއްޔާ ނެރުނު ގަރާރުގައި ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކި ވަކި ގައުމުތަކާ ދެކޮޅަށް ނަފްތަރު އުފެއްދުމަށް ހިންގޭ ކެމްޕޭންތަކެއް ކަމަށެވެ.