ކޮވިޑާ ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސްކުރިން ދަތުރުތައް މެދުކަނޑާލި، މެލޭޝިއާގެ ބަޖެޓް އެއާލައިން، އެއާ އޭޝިއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.
އެއާ އޭޝިއާގެ ރާއްޖޭގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް 19ގެ ހާލަތު ގޯސްވެ ގެއްލުންވަމުން ދިއުމާ ގުޅިގެން 2020 ވަނަ އަހަރު އެވެ.
އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައި މިވަނީ ކޮވިޑް 19އާއި ގުޅިގެން މެލޭޝިއާގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށްފަހު މިމަހުގެ އެއްވަނަ ދުވަހު އަލުން ހުޅުވާލުމާ ގުޅިގެންނެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޖެއްސުމުން ވަނީ ހޫނު މަރުހަބާއަށް ކިޔައިފަ އެވެ.
އެއާ އޭޝިއާއިން މިވަގުތު ރާއްޖެއަށް ހަފުތާއަކު ދެ ދަތުރުކުރަން ނިންމާފައިވެ އެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީއަށާއި އެހެނިހެން ބޭނުންތަކަށް ދަތުރު ގައުމެވެ.
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!
"ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" އުފައްދަވައިފި
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު