ރާއްޖެއަށް އިންޑިއާ ސިފައިންގެ މަނަވަރެއް މިއަދު އަތުވެއްޖެ އެވެ.
އިންޑިއާގެ އެ މަނަވަރު ރާއްޖެއިން ފެނިފައިވަނީ ހދ.ހަނިމާދޫ ކައިރިންނެވެ. އަދި އެއީ އެ މަނަވަރަކީ ކޮން ބޭނުމަކު ރާއްޖެ އައި މަނަވަރެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.
އެގޮތުން އެ މަނަވަރުގައި ހެލިކޮޕްޓަރެއް އޮތްކަމަށް މީޑިއާތަކުން ވަނީ މައުލޫމާތު ދީފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ހަރަކާތްތެރި ވަމުން ގެންދާއިރު، އިދިކޮޅުން ދަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް އިތުރަށް ވަރުގަދަ ކުރަމުންނެވެ.
ނަމަވެސް ސަރުކާރުން ވަނީ ރާއްޖޭގެ ގައުމީ ސަލާމަތައް ގެއްލުންވާފަދައިން ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލާފަ އެވެ. އަދި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ދިފާއުކޮށް ނެގެހެއްޓުމުގައި ސަރުކާރާއި، ރާއްޖޭގެ އަސްކަރިއްޔާ ދެމިއޮންނާނެ ކަމަށް ސަރުކާރުން ބުނަމުންދެ އެވެ.
މާމުއި ނުބައި ނުވެ ގިނަ ދުވަހު ހުރުމުގެ ސިއްރު!
ބޯޓެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް 5 މީހަކު ފެނިއްޖެ
ވޯޓާ ގުޅުވައިގެން ދޭ އުމްރާ ދަތުރު ހައްގެއް ނޫން: ޖަމީލް
ބުރޯ އެ މަނަވަރު އެއައީ އިންޑިޔާމީހުން އައުޓް ކޮއްލަންވެގެނޭ... މަޑުމަޑުން ތިބެބަލަ