އިންޑިއާގެ މަޝްހޫރު ފިލްމު މޭކަރު މަހޭޝް ބަޓް އަކީ ފިލްމު ހެދުމުގެ އިތުރުން، އޭނާގެ އާދަޔާ ހިލާފު ވިސްނުމާ ގުޅިގެން ގިނަ ބައެއްގެ ތެރޭގައި އެ މީހެއްގެ ވާހަކަ ދެކެވޭ މީހެކެވެ.

އެގޮތުން މީގެ އަހަރުތަކެއް ކުރިން މަހޭޝް އެފަދައިން ދެއްކި ވާހަކައަކީ ގިނަ ބަޔަކު ސިއްސުވާލި ވާހަކައެކެވެ.

ހަބަރުތަކުގައާ އެހެނިހެން ގޮތްގޮތުން ސޯޝަލް މީޑިއާގައި މަހޭޝް އޭނާގެ އަމިއްލަ އަންހެން ދަރިފުޅު ޕޫޖާ ބާޓްއަށް ދޮން ދިން ފޮޓޯއެއް އާޏްމުވެފައިވާއިރު، އެކަމުގެ ސަބަބުން މަހޭޝްއަށް އެކި ގޮތްގޮތުން ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ.

މައްސަލަ ފެންމަތިވެ މަހޭޝްއަށް އެކަމުގެ ސަބަބުން އެކި ކަހަލަ ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހުމުން އޭނާ އެދުވަސްވަރު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެހެންނަމަވެސް އެ ބައްދަލުވުމުގައި ވެސް އޭނާ ބުނެފައިވަނީ، ޕޫޖާ އަކީ އޭނާގެ އަމިއްލަ ދަރިއެއް ނޫންނަމަ، ޕޫޖާއާ ކައިވެނި ކުރާނެ ކަމަށެވެ.

މަހޭޝް ބުނިގޮތުގައި އޭނާ، ޕޫޖާއާ އެކުގައި އެފަދައިން ފޮޓޯ ނެގީ މެގަޒިންއަކަށް ލުމަށެވެ. ނަމަވެސް އާންމުން އޭނާ ބުނި ބަސްތައް ގަބޫލު ކޮށްފައެއް ނުވެ އެވެ.