ކެއުމަށްފަހު ވަގުތުން ފެންވެރުމަކީ އަހަރުމެންގެ އާދަ އެކެވެ. ތަނަކަށް ދާންވާނަމަ ފެންވެރެނީ ކައްކާ ކެއުމަށް އިންސާފު ކުރުމަށްފަހުގަ އެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ނޫން ގޮތް ކަމަށް ސައިންސްވެރިން މިވަނީ ބުނެފަ އެވެ.
ސަބަބަކީ ކެއުމަށްފަހު ވަގުތުން ފެން ވަރާނަމަ ކާތަކެތި ހަޖަމުކުރުމުގައި މައްސަލަ ދިމާވާތީ އެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި ކެއުމުން އަހަރެމެންގެ ބަނޑުގައި ހުންނަ ހަކަތަ އިތުރުވެގެން ދެއެވެ. އަދި ކާތަކެތި ހަޖަމުކޮށްދިނުމަށް އެހީތެރިވެދެ އެވެ. އެހެން ނަމަވެސް ކައިގެން ފެންވެރުމުން މި ހަކަތަ ނުވަތަ ހޫނުމިން ކުޑަވެ ހަޖަމުކުރުމުގެ ބައި ދަށްކޮށް ދެއެވެ.
ހަމަ އެއާއެކު މިކަމުގެ ސަބަބުންަ ހަށިގަނޑުގެ ލޭ ދައުރުވުން ލަސްކޮށްދެ އެވެ. ނަތީޖާއަކަށްވަނީ ހަށިގަނޑަށް ލޮޑުކަމާއި ކަންނެތްކަން ވެރިވުމެވެ. މީގެ އިތުރުން ފެންވެރުމުން މިހާގެ ހިތުގެ ހިނގުން އަވަސްވެއެވެ.
ޕްރޮޓީން ގިނަ ނުވަތަ ފައިބާ ނުވަތަ ފެޓްސް ، ކާބޯހަޑްރޭޓްސް ގިނަ ކާނާ ކައިގެން ހުރެ ވަގުތުން ފެންވެރުމުން މޭ އެންދުން ފަދަ އުނދަގޫތަކާ ވެސް ދިމާވެ އެވެ. ނަމަވެސް މޭވާ އަދި ތަރުކާރީ ސެލެޑް ފަދަ އެއްޗެއް ކައިގެން އަވަހަށް ފެންވެރުމުން އެފަދަ އުނދަގޫތަކާ ކުރިމަތިލާ މިންވަރު މަދުކަމަށް މާހިރުން ބުނެއެވެ.
އެހެން ކަމުން ދެން ތަނަކަށް ދާން ވާނަމަ ކައްކާ ނިންމުމަށްފަހު ފުރަތަމަ ފެން ވަރާށެވެ. އަދި އޭގެ ފަހުން ކެއުމަށް އިންސާފު ކުރާށެވެ.