މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ބުނީ،، މާލެ ސިޓީގެ ކަރަންޓު ވިއުގަ ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅިގެން މިއަދު މެންދުރުފަހު ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށެވެ.
އެ ކުންފުނިން ހާމަކުރިގޮތުން، ކަރަންޓު ކެނޑުން އެކަށީގެންވަނީ މިއަދު މެންދުރުފަހު 2:00 އިން 4:00 އަށެވެ.
ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާނެ ސަރަހައްދުތަކުގެ ތެރޭގައި ގުލާބީ މަގު، ކާމިނީ މަގު، މާވެޔޮ ގޯޅި، ބަޑިފަސްގަނޑު މަގު އަދި މާވެޔޮ މަގު ހިމެނެ އެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ އެއްވެސް ދަތިކަމަށްޓަކައި މައާފަށް އެދިފަ އެވެ.
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ހަދަން ނިންމި ވާހަކަ ދޮގުކޮށްފި
ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ 2،000 ރުފިޔާގެ ފީއެއް
