ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1360 ސާމްޕަލް ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވްވީ 29 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 10 ބިދޭސީން ކަމަށެވެ. އޭގެތެރެއިން 24 ކޭސް އަކީ މާލެ ސަރަހައްދުން ފެނުނު ކޭސްތަކެކެވެ.
މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 12،384އަށް އަރާފަ އެވެ. އޭގެތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،406 މީހުންނެވެ. އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 926 އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 45 އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 15 ރަށަކާއި 29 ރިސޯޓެއްގައި މި ބަލި އެބައޮތް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ބުނީ 48 ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ 90 މީހަކަށް ވެސް މި ބަލި ޖެހިފައިވާ ކަމަށެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
