ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިންގެ މަގާމަށް ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީހައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯރސްމަންޓް ހެޑްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެވެ. އަހްމަދު ޝިފާން ކުރިން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 ( މާލޭ ސިޓީ ޕޮލިސް)ގެ މަގާމުގަ އެވެ.
އޭގެ އިތުރުން، ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޯންސްގެ މަގާމުގައި ކުރިން ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އައްޔަނު ކުރައްވާފައިވަނީ ހެޑް އޮފް މާލެ އޭރިއާ 1 (މާލެ ސިޓީ ޕޮލިސް )ގެ މަގާމަށެވެ.
ހެޑް އޮފް ސެންޓަރ ފޮރ އެޕްލައިޑް ޕޮލިސިންގެ ހެޑަކަށް އަންޔަނު ކުރައްވާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޞަބާހު އެވެ. މުޙައްމަދު ޞަބާހު ކުރިން ހުންނެވީ ހެޑް އޮފް ހައި ވިޒިބިލިޓީ ޕޮލިސިންގ ޔުނިޓުގެ މަގާމުގަ އެވެ.

ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ހުޅުވާލައިފި
މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކީ މިއީ
ދިރާގު 3X3 ޗެލެންޖަށް ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މާދަމާ