ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ހާން އެންމެ ބޭނުންވަނީ ސަންޖޭލީލާ ބަންސާލީގެ ފިލްމެއް ކަމަށް އޭނާ ބުނެފި އެވެ.

އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާރާ އެންމެ ބޭނުންވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ރާނީ ބައި ކުޅެން ކަމަށްވެ.

އަކްތަރްގެ ފިލްމެއްގައި މި ޒަމާނުގެ އަންހެން ކުއްޖެއްގެ ރޯލު ވެސް ކުޅެން ބޭނުންވާ ކަމަށް ސާރާ ބުނެފައިވެ އެވެ.

ސާރާ ދެން އެންމެ ފަހުން ފެނިގެންދާނީ ވިކީ ކޯޝަލް އާ އެކުގައި ލަކްޝްމަން އުޓެކަރް އިންނެވެ. އެ ފިލްމުގެ ޝޫޓިން އަދި ވެސް ދަނީ ކުރިއަށެވެ.

ސާރާ އެންމެ ފުރަތަމަ ބޮލީވުޑްއަށް ތައާރަފްވީ ސުޝާންތް ސިން އާއި އެކުގައި ކުޅުނު "ކެދާނަތު" މި ފިލްމުންނެވެ. އެއަށް ފަހު ގިނަ ބައެއްގެ ލޯބި ސާރާއަށް ދަނީ ލިބެމުންނެވެ.