ވަށް ތީނި ނުވަތަ "ފިގް"އަކީ އަހަރުމެންގެ އިސްލާމްދީނުގައި މާތް ކުރައްވާފައިވާ މޭވާތަކުގެ ތެރެއިން މޭވާއެކެވެ. މި މޭވާއިން ލިބޭ ފައިދާތައް ވެސް މިވަނީ ސައިންސްގެ އެހީގައި ސާބިތުވެފަ އެވެ.

ކެންސަރު ބައްޔާ ދުރުކޮށްދޭ

ވައް ތީނީގައި އެކުލެވޭ ފައިބާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރުން މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެ އެވެ.

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ

ވައް ތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ.

ހަކުރު ބަލި ކޮންޓްރޯލް ކޮށްދޭ

ވައްތީނީގައި އެކުލެވޭ ފައިބާ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.

ކަށިތައް ވަރުގަދަ ކޮށްދޭ

ވައް ތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާ އެކެވެ. އާދަކޮށް ވައްތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަނގަޅުކޮށް ދިނުމުގައި ވައްތީނި މުހިއްމު ރޯލެއް އަދާކުރެ އެވެ.

ސަރުބީގެ ވިރުވައިދޭ

ވައް ތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބާގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބާ ދައުރުކުރަމުންދާއިރު، އެއާއެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެ އެވެ.