ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1،851 ސާމްޕަލް އިން މިއަދު ޕޮޒިޓިވްވީ 52 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުން 45 މީހުން ޕޮޒިޓިވްވެފައިވެ އެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުން ފެނުނު 45 ކޭސް އާއި ރިސޯޓުތަކުން ފެނުނު ހަތް ކޭސް ހިމެނެ އެވެ. މާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށަކުން މިއަދު ޕޮޒިިޓިވް ކޭސް އެއް ފެނިފައެއް ނުވެ އެވެ.

މިއަދު ޕޮޒިޓިވްވީ 52 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 12،810 އަށް އަރައިފަ އެވެ. އަދި މިހާތަނަށް ރާއްޖެއިން 11،660 މީހުން ވަނީ މި ބަލިން ރަނގަޅުވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 1،090 މީހުން އެބަތިއްބެވެ.

މިބަލީގައި މިހާތަނަށް 46 މީހަކު ވަނީ މަރުވެފަ އެވެ.