ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވި ގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ހާއްސަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަ ކަމަށެވެ.
ޙަމީދު ވިދާޅުވީ، ގިނަ ސެކިއުރިޓީތަކެއް ބްރީޗްވީގޮތާމެދު ސީރިއަސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ގޮތް ބެލުމަށް ހާއްސަ އިންޓަރނަލް ރިވިއުއެއް ހަދަމުން އަންނަކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކުން ހަދާ ކޮންމެ އިންކުއަރީއަކަށް ވެސް ފުރިހަމަ އެއްބާރުލުން ފުލުހުންގެ އިދާރާއިން ދެއްވާނެ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.
ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހަތަރު މީހަކު ދެ މަސްދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުންވަނީ ނިންމާފަ އެވެ.
އެ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގަ ދިވެހި ހަ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދު ކޮށްފަ އެވެ.
ކޮބާ ތަޢާރަފްކުރި ބޮޑީކެމް