ތިން އަހަރު ފަހުން ފިލްމީ ދާއިރާއަށް އެނބުރި އައުމަށް ޝާހްރުކް ޚާން އަންނަނީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ޝާހްރުކް ކުރަމުން އަންނަ ފިލްމުގެ މަސައްކަތްތަކަކީ ސިދާތު އަނަންދު ޑައިރެކްޓްކުރާ "ޕަތާން" އާއި ރާޖް ހިރާނީ ޑައިރެކްޓް ކުރާ "ދުންކީ"ގެ އިތުރުން ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އަތުލީ ކުމާރު ޑައިރެކްޓް ކުރާ "ޖަވާން" އެވެ.

އަންނަ އަހަރު ނެރުމަށް ތައްޔާރުވާ "ޖަވާން" ޓީޒާ މިހާރު ނެރެފައިވާއިރު މިފިލްމުގައި ދީޕިކާ ޕަދުކޯން ފެނިގެންދާނެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް އެކަން ރަސްމީ ގޮތެއްގައި ހާމައެއް ނުކުރެ އެވެ.

ޕިންކްވިލާއިން ބުނެފައިވާ ގޮތުގައި ދިޕިކާ އަންނަނީ މިފިލްމާ ގުޅޭ ގޮތުން ޝާހް އާއި އެޓްލީއާ ވާހަކަ ދައްކަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހައިދަރުއާބާދުގައި ޝާހް ދާދި ފަހުން ވަނީ ދީޕިކާއާ ބައްދަލުކޮށްފަ އެވެ.

ދިޕިކާ މިހާރު ބިޒީވެގެން އުޅެނީ ޕްރަބާސް އާއެކު އޭނާ ފެނިގެންދާ "ޕްރޮޖެކްޓް ކޭ" ގެ މަސައްކަތުގަ އެވެ.

https://www.instagram.com/p/Cd-qDR5LSkD/

ޝާހުއާ އެކު އެ ފިލްމުގެ ލީޑު ރޯލުގައި އުޅެނީ ދެކުނު ފިލްމުތަކުން ފެނިގެންދާ، ނަޔަންތްރާ އެވެ. އަދި ސަނާޔާ މަލޯތްރާ ވެސް ފެންނިގެންދާ މިފިލްމު ފަސް ބަހަކުން ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

https://www.instagram.com/p/CeYwBk0Pc96/

އެއީ ހިންދީ އާއި ތަމަޅަ އާއި ތެލޫގޫ އާއި މަލަޔާލަމް އަދި ކަންނަޑާ ބަހުނެވެ.

ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށްފައިވާ މި އެކްޝަން ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ.