ޔޯގާ ދިފާއުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ. އެމަނިކުފާނު މިގޮތަށް ވާހަކަފުޅު ދައްކަވާފައިވަނީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ޔޯގާ ހަރާމްކޮށް ކަސްރަތު ކުރުމަކީ ހަރާމްކަމެއް ކަމަށް ކަނޑައަޅާ މިބާވަތުގެ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާއްމު ދިރިއުޅުމަށް ބުރީ އަރަމުންދާ ކަމަށެވެ.
" މިރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމްކަމެކޭ ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފުކަމެކޭ، މިބާވަތުގެ ވާހަކަ ދައްކާ އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމަށް ބުރޫ އަރުވަން ފަށައިފިނަމަ ދެން އަޅުގަނޑުމެން މިދަނީ ސަލާމަތުގެ އައްސޭރިއަކަށެއް ނޫނެ. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ހަލާކުގެ އައްސޭރިއަށް ދިޔަ. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ބާކީވެ އެކަހެރިވެގެން ދިޔަ. އަޅުގަނޑުމެންގެ ގައުމު އެހާލަތަށް ދިއުމަށް އަޅުގަނޑުމެނަށް ޖާގަ ދެވިގެނެެއް ނުވާނެ. ރާއްޖޭގެ ރައްޔިތުން އެދޭ ދިވެހިރާއްޖެއެއް ހޯދައި ދިނުމަކީ މި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަބަދުވެސް އަމާޒު." ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެ މަގްސަދު ހާސިލް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި ރައްޔިތުންގެ އުއްމީދު ފުރިހަމަކޮށްދިނުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަސާޖް ޕާލާގައި ކަސްރަތު ކޮށްބަލަ އޭރުން ރަގަޅުވާނެ ، ބަޔަކު ކަސްރަތު ނުކުރާށޭ ކާކުތޯ ބުނީ، ﷲ ޝިަރީކު ނުކުރާށޭ ކަސްރަތުކުރާއިރުވެސް އެހެން ބޫނީމާ ދިރިއުޅުމާއި ބެހުންތޯ ؟
ތިބާ މީހާއަކަށް ނުފެނޭތަ ޓީޝާރޓް ތަކުގެ މޭމަތީގަ ޖަހާފައިން ސިވްބަގުވާނުގެ ކުރެހުމެއްވެސް ޣައިރުދީނުގެ މީހުން އަޅުކަން ކުރަން ގެންގުޅޭ ބުދުތައް އިސްތިހާރު ކުރުން އެއީ ހުއްދަ ކަމެއްތަ މަމެންނަށް އެނގެޔޭ ތިޔަ މީހާ ދައްކާނީ ތިޔަޒާތުގެ ވާހަކަ ކަން އިބޫއާ ނުރުހުނީ މަވެސް ގޮސް ވަންނަނީ އިންޑިއާ ހައިކޮމިޝަނަރ ގެ ގާތަށް ވިއްޔަ އެހެންވީމަ އޭނަވެސް ރުއްސަން ޖެހޭނެތާ އަދި މިރާއްޖެއަށް ރަގަޅީ ސެކިއުލިޒަމޭ ކިޔައިގެން ވާހަކަ ދެއްކި މީހާނު ތިޔައީ މިރާއްޖޭގަ ޣައިރު މުސްލިމުން އަޅުކަންކުރާ ތަންތަން ހަދަން ބާރުއ