ތަމަޅަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ތަމަޅަ އެކްޓަރު އަރްޖުން ދާސް ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

ތަމިލް ފިލްމު "ކައިތީ"، "މާސްޓަ" އަދި "ވިކްރަމް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ އަރްޖުން ބޮލީވުޑަށް ތައާރަފުވާ ފިލްމަކީ "އަންގަމަލީ ޑައިރީސް"ގެ ހިންދީ ރީމެކުންނެވެ.

ހިންދީ ރީމޭކް ޑައިރެކްޓް ކުރާނީ ތަމަޅަ ފިލްމު "ކަރޫޕްޕުޑޫރައި" ޑައިރެކްޓަރު މަދޫމިތާ ސުންދަރަރަމަން އެވެ.

އަރްޖުން ދާސް ބުނިގޮތުގައި މިފިލްމާއެކު އޭނާ ބޮލީވުޑަށް އަޅާ ފުރަތަމަ ފިޔަވަޅު މިހާ ވަރުގަދަވުމުން އުފާކުރާ ކަމަށެވެ.

"އަޅުގަނޑަށް މި އާ ބާބަށް މިއަށްވުރެ ރަނގަޅު ފެށުމެއް އަޅުގަނޑަކަށް އެދި ނުކުރެވުނީސް. މަދޫމީތާ މި ފިލްމަށް ގެނެސްދީފައިވަނީ އޭނާގެ އަމިއްލަ ޔުނިކް ފްލޭވަރެއް ކަމަށާއި ފިލްމަށް އޭނާގެ ވިޝަން ބަލާކަށް ބެލުންތެރިން އިންތިޒާރެއް ނުކުރެވޭނެ،" އަރްޖުން ބުންޏެވެ.

މި ފިލްމަކީ ޕްރޮޑިއުސްކޮށްފައިވަނީ އަބަންޑަންޓިއާ އެންޓަޓެއިންމަންޓުނެވެ.

އެ ކުންފުނިން މިހާރު އަންނަނީ އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ސޫރަރައި ޕޮޓްރޫގެ ހިންދީ ރީމޭކް ވެސް އުފައްދަމުންނެވެ.

ވިޝްވާކް ސެން ލީޑް ރޯލުން ފެނިގެންދިޔަ ފަލަކްނޫމާ ދާސްގެ ރޯލުން ތެލެގޫ ބަހުން ރީމެއިޑް ކުރި މި ފިލްމަކީ ބްލޮކްބަސްޓަ ކާމިޔާބެކެވެ.