ވޯލްޑް ކަޕަށްޓަކައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފުޓްބޯޅަ ހަލާކުކުރަމުން ދާ ކަމަށް ސިފަކޮށް، ސްޕެއިންގެ ފުޓްބޯލް ލީގުގެ ރައީސް ހަވިއޭ ތޭބާސް ފީފާގެ ރައީސަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ތޭބާސް ބުނީ ވޯލްޑް ކަޕަކީ ފުޓްބޯޅައަށް މުހިންމު މުބާރާތަކަށްވިޔަސް، ވޯލްޑް ކަޕަށްޓަކައި ފުޓްބޯޅަ ހަލާކުކުރަމުންދާ ކަމަށެވެ.
"ވޯލްޑް ކަޕަކީ މުހިންމު މުބާރާތެއް. އެކަމަކު 40 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މުބާރާތަކަށްޓަކައި ފުޓްބޯޅަ މި ހަލާލުކުރަނީ. ފުޓްބޯޅައަކީ އެތައް ހާސް ބައެއްގެ އާމްދަނީއާ ގުޅިފައިވާ ކުޅިވަރެއް. ވޯލްޑް ކަޕްގައި މި ބައިވެރިވަނީ ނިސްބަތުން މަދު ކުޅުންތެރިންތަކެއް،" ތޭބާސް ބުންޏެވެ.
އިންފަންޓީނޯއަށް މި އަމާޒުވީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 64 ޓީމު ބައިވެރިކުރުމުގެ ހިޔާލު ގެންގުޅޭ ކަމަށް އިންފަންޓީނޯ ވިދާޅުވުމުންނެވެ.
"މިހާރުވެސް ކޮމްޕެޓިޝަން ކަލަންޑަރުގައި މެޗުތައް ގިނަވެގެން އެ ކަންބޮޑުވުންތައް އަހަރަމެން މި ފާޅުކުރަނީ. މިކަން މިހެން އޮއްވައި، އަނެއްކާ މިހާރު އެ ވިސްނަނީ 64 ޓީމަށް ވޯލްޑް ކަޕް ހަދަން،" ތޭބާސް ބުންޏެވެ. "ފުޓްބޯޅައިގެ ދިރުމަކީ ޑޮމެސްޓިކް ލީގުތައް. ގައުމީ ޓީމުގެ މެޗުތައް މަދުކޮށް، ހުރިހާ ފަންތިއެއްގެ ޑޮމެސްޓިކް ލީގުތަކުގެ މަސްލަހަތު އެބަ އިސްކުރަންޖެހޭ. އެކަމަކު އެމީހުން (ފީފާ) އަށް އެކަމެއް ނުވިސްނޭ. ޒިންމާދާރު ކުޑަ ނިންމުންތައް މި ނިންމަނީ." އޭނާ ބުންޏެވެ.
އިގްތިސާދީ މައުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް
ދިރާގުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ