ދިވެހިން ގެންގުޅުނު ރިވެތި ހުރިހާ އުސޫލުތަކާއި ހަމަތައް އަދި ޑިމޮކްރަސީގެ އަސާސްތަކަށް ބިނާވެފައި އޮތް ގާނޫނުއަސާސީ ވެސް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ދާދިފަހުން އާއްމުވި ޖިންސީ ހުތުރު އަމަލުތަކުގެ ވީޑިއޯ އާއި ގާނޫނުތަކަށް ގެނައި އިސްލާހުތަކަށް އިޝާރާތްކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ ވިދާޅުވީ ރިވެތި އުސޫލުތަކާއި ގާނޫނުއަސާސީ ވެސް ފުނޑާލަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިިހު ހުރިހާ ބާރެއް މުށުތެރެއަށް ލުމުގެ ގޮތުން ކަމަށެވެ. އަދި އެ ބާރުތައް ލިބެނީ އަވަށްޓެރި އިންޑިއާ އާއި ފުލުހުންގެ ނުފޫޒުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ކަމުން މިއީ ރައްޔިތުން ހޭ އަރަންވީ ވަގުތު ކަމަށް ޔާމީން ވިދާޅުވި އެވެ.

ބެލެވެ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރައްވަނީ ދާދި ފަހުން ސިޔާސީ އެކި ފަރާތްތަކުން އެއް ޖިއްސުން ގުޅުން ހިންގާތަން ފަންނަ ވީޑިއޯތައް ލީކުވި މައްސަލައާއި އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރަމުންދާ ގޮތަށެވެ.

އެ މައްސަލައާ ގުޅިގެން ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ.

އޭގެ އިތުރުން މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ހެއްކާ ބެހޭ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ނޫސްވެރިން މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް މަޖުބޫރުކޮށް، ގާނޫނޫއަސާސީގެ ބާރު ކަނޑުވާލައިފަ އެވެ. އެހެންކަމުން ރައީސް ޔާމީންގެ ޓުވީޓުގައި އެ އިޝާރާތް ކުރައްވަނީ އެކަމަށް ކަމަށް ވެސް ބެލެވެ އެވެ.