މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރެއްވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރައިވަޑައިގަންނަވަން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ހައްޖުގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފުރާވަޑައިގަންނަވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ދައުވަތަކަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސޯލިހު މާދަމާ ފުރާވަޑައިގަންނަވާއިރު މިއަހަރުގެ އަމީރުލް ހައްޖު އިސްލާމިކް މިނިސްޓަރު މިހާރު ވަނީ ހައްޖަށް ފުރާވަޑައިގެންފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 453 ޖާގަ އެވެ. އަދި ރާއްޖޭގެ ހުރިހާ ޙައްޖުވެރިންވެސް ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.