ރާއްޖޭގައި މަސައްކަތްކުރަން ބިދޭސީން ގެނައުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ޕޯޓަލް ކޮޕީކޮށްގެން، އޮންލައިން ޕޯޓަލްތަކެއް ހަދައި އޮޅުވާލައިގެން ބިދޭސީން އެތެރެކުރަން މަަސައްކަތްކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގިނަ ފަހަރަށް އެ ކަހަލަ ޕޯޓަލް/ވެބްސައިޓްތަކަކީ އޮޅުވާލައިގެން، ޔޫޒާ އެކައުންޓުގެ އަދި އެހެނިހެން ޒާތީ މައުލޫމާތު ހޯދައި، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަރުމާކޮށްފައިވާ ވެބްސައިޓްތަކެއް ކަމަށެވެ.

މިހާތަނަށް ފާހަގަވެފައިވާ ފޭކް ވެބްސައިޓްތައް:

- https://immigrationgovmv.org

- https://xpat-egovmv.com

- https://xpategov.com

- https://www.xpat-gov.com

- https://www.xpat-egov.online

- https://xpategovmv.org

އެ މިނިސްޓްރީން ހިންގާ އޮންލައިން ޕޯޓަލް/ވެބްސައިޓްގެ ލިންކަކީ https://xpat.egov.mv އެވެ. ހިދުމަތް ހޯދާއިރު އެ ވެބްސައިޓަށް ވަދެވޭތޯ ކަށަވަރު ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޕޯޓަލް/ވެބްސައިޓް ފިޔަވައި އެއްވެސް އެހެން ސައިޓަކަށް މައުލޫމާތު ނުދިނުމަށާއި އަދި އެފަދަ ސައިޓަކަށް ވަދެވިފައިވާ ނަމަ ޕާސްވޯޑް ރީސެޓްކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.