ދިވަޔަރު ބޮޑުވާ ވަގުތު މިއަދުވެސް ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކޮށްފައި ވަނީ މެންދުރު ފަހުން ފެށިގެންނެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކޮށްފައިވަނީ، 2:15 އިން ފެށިގެންނެވެ. އަދި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ 3:00 ހާއިރުއެވެ.

ރާއްޖޭގެ ދެކުނަށް ދިޔަވަރު އެންމެ ބޮޑުވާނެކަމަށް ލާފާކޮށްފައިވަނީ 1:50 ހާއިރު އެވެ.

އެ އިދާރާއިން ބުނީ ރާޅުގެ އުސްމިން އާއްމުގޮތެއްގައި އުޅޭނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގަ އެވެ.

ހުޅުލޭ ލައިޓު ކައިރިއަށް އުދަޔާއެކު ވެއްޔާއި އަކިރި އިއްޔެ އަރާފައި. ފޮޓޯ: ޕޮލިސް

ދިޔަރު ބޮޑު ވަގުތު އިއްޔެ ވަނީ މާލޭގެ އެކި ސަރަޙައްދުތަކަށް ވެސް އުދަ އަރާފަ އެވެ. އެގޮތުން ހެންވޭރު ރާޅުގަނޑު ސަރަޙައްދުން ބޮޑުތަކުރުފާނު މަގާ، ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދާ އަދި ބްރިޖް ހައިވޭއަށް ވެސް އުދަ އަރާފައިވެ އެވެ.

މި މަހުގެ ފުރަތަމަ ހަފްތާގައި މޫސުންވެ ދެކުނުގެ ގިނަ ރަށްތަކަށް އުދަ އަރާ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނަމަވެސް ހުރިހާ އާއިލާތަކެއް ވެސް މިހާރު ވަނީ އާއްމު ހާލަތަށް އައިސްފަ އެވެ.