މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 57 ވަނަ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ފަހަރަށް ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި އެވެ.

މިނިވަން ދުވަހާ ގުޅިގެން ރައީސް ޔާމީން ރައްޔިތުންނަށް ދެއްވި މެސެޖުގައި ވަނީ އެމަނިކުފާނުގެ ދުއާ އަކީ ހާއިނުން ބަލިކުރުން ކަމަށާއި، ރާއްޖެ އަބަދުގެ އަބަދަށް މިނިވަން ކަން މަތީ ލެއްވުމަށް އެދޭ ކަމަށެވެ.

"މިނިވަންކަންމަތީ ދިވެހިރާއްޖެ އަބަދަށްމެ ލަހައްޓަވާށި. ޚާއިނުން ބަލިކަށި ކުރައްވާށި. ގައުމަށް އުފާ ފާގަތިކަން މިންވަރު ކުރައްވާށި. އާމީން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް ވިދާޅުވެ ސަރުކާރުގެ ސިޔާސަތުތަކަށް ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

ދިވެހިރާއްޖެ މިނިވަންކަމަތީ އޮންނަތާ 57 އަހަރުފުރުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ގިން ބަޔަކު ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖޭގައި ހަގީގީ މިނިވަންކަން ނެތްކަމުގެ ވާހަކައެވެ. ގައުމު އޮތީ އަޅުވެތިވެ ބައެއްގެ ދަށުވެފައިކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.