ބިގް ބޮސް އަކީ އިންޑިއާގެ ޓީވީން ދައްކާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ އެވެ. ހޯސްޓެއްގެ ގޮތުގައި ސަލްމާން ޚާން ފެނިގެންފާއިރު މިޝޯގައި މަޝްހޫރު ތަރިންތަކެއް ކޮންމެ ސީޒަނެއްގައި ބައިވެރިވެފައިވެ އެވެ. އަދި ކޮންމެ ސީޒަނެއް ކާމިޔާބު ކުރަނީ އެންމެ ވަރުގަދަ އަދި އެންމެ ވިސްނުންތޫނު އަދި ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަންނާނެކެވެ.

މިހާތަނަށް "ބިގް ބޮސް"ގެ 15 ސީޒަނެއް ކަލާޒް ޓީވީއިން ގެނެސްދީފަ އެވެ. މިހާރު އަންނަނީ "ބިގް ބޮސް" 16 ވަނަ ސީޒަން ގެނެސްދިނުމަށްޓަކައި ތައްޔާރުވަމުންނެވެ.

މުނިފޫހިފިލުވުމުގެ ކަންތައް ފިޔަވައި، މި ޝޯގެ ބައެއްގެ ގޮތުގައި ބައިވެރިވެފައިވާ ގިނަ ފަންނާނުން އަންނަނީ އެމީހުންގެ ހަޔާތުގެ ބައިވެރިންއެއް ހޯދުމުގެ ނިޔަތުގައި އެވެ. އެގޮތުން ބައެއް ފަންނާނުން ވަނީ ޝޯ ނިމުމުގެ ކުރިން ހަޔާތުގެ ބައިވެރިއެއް ހޯދާއި އެފަރާތްތައް ލޯބިވެސް ހުށަހަޅާފަ އެވެ.

ދެން މިބަލައިލަނީ "ބިގް ބޮސް" އެކި ސީޒަންތަކުގައި ލޯބިވެރިން ނުވަތަ ހަޔާތުގެ ބައިވެރިން ހޯދި ބައެއް ފަންނާނުންނަށެވެ.

ކަރަން ކުންޑްރާ އާއި ތެޖަސްސްވީ ޕްރަކާޝް:

https://www.instagram.com/p/CgBdvl0vOGY/?hl=en

"ބިގް ބޮސް 15" އަކީ ހަގީގަތުގައި ވެސް ކަރަން އާއި ތެޖަސްވީ އަށް ގިނަ ކާމިޔާބީތަކެއް ލިބިގެން ދިޔަ ސޯއެކެވެ. ދެ އެކްޓަރުން ވެސް ބިގް ބޮސްގެ ގޭތެރޭގައި ލޯބިވެ، އެދެމީހުންގެ ގުޅުން ވެސް ރަސްމީކޮށް އިއުލާނުވެސް ވަނީ ކޮށްފަ އެވެ. "ބިގް ބޮސް" އަށް ފަހު ކަރަން އާއި ތެޖަސްވީއަށް ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައިރު އެދެމީހުންނަކީ ޓީވީ ދާއިރާގައި މިހާރު ތިބި އެންމެ ރޮމޭންޓިކް ޖޯޑެވެ.

ޖޭސްމިން ބާސިން އާއި އަލީ ގޯނީ:

https://www.instagram.com/p/Cf8zCILqEzl/?hl=en

ސަލްމާން ޚާން ހޯސްޓްކުރި "ބިގް ބޮސް 14" ގައި ޖޭސްމީން އަލީ ގޯނީއާ ބައްދަލުވުމުން އެ ދެމީހުން ވަގުތުން އެކަކު އަނެކަކާ ލޯބިވެގެން ދިޔަ އެވެ. އެމީހުންގެ ގުޅުން އާންމުކުރި ދުވަހުން ފެށިގެން އެމީހުންގެ ފޭނުން ދަނީ އެމީހުނަށް މަރުހަބާ ކިޔަމުންނެވެ. އެކަކު އަނެކަކަށް ލޯބި ފާޅުކުރުމަށް ދުވަހަކުވެސް ލަދު ނުގަންނަ ކަމަށާއި އިންޑަސްޓްރީގެ އެންމެ ފޮނި ޖޯޑު ގޮތުގައި މަޝްހޫރުވި އެވެ.

އާސިމް ރިޔާޒް އާއި ހިމަންޝީ ކުރާނާ:

https://www.instagram.com/p/CdLPg4EhBww/?hl=en

އާސިމް ރިޔާޒް އާއި ހިމާންޝީ ކުރާނާ މީހުންގެ މެދުގައި މަގުބޫލު ދެ ފަންނާނުނަށްވީ ސަލްމާން ޚާން ހޯސްޓްކުރި ޝޯ "ބިގް ބޮސް 13" އިން އެ ދެމީހުން ބައިވެރިވި ހިސާބުންނެވެ. ބަންޖާބީ ލަވަކިޔުންތެރިޔާ ހިމަންޝީ އާއި އާސިމް ރިޔާޒް ލޯބީގެ ގޮތުން ކުޅިފައިވަނީ އެސޯގެ ތެރެއިންނެވެ.

އިޝާން ސެހްގަލް އާއި މިއީޝާ އަޔަރު:

instagram.com/p/Cb-E4TDp_xy/?hl=en

"ބިގް ބޮސް 15" ގައި އެންމެ މަގުބޫލު އެއް ޖޯޑަކީ އިޝާން ސެހްގާލް އާއި މިއީޝާ އަޔަރެވެ. އެމީހުން ގޭތެރޭގައި ބައްދަލުވެ، އެމީހުންގެ ސްޓިންޓްގައި ލޯބިވެ، އަބަދުވެސް އެކަކު އަނެކެއްގެ ކައިރީގައި ތިބެއެވެ. ބޭރު ދުނިޔޭގައި ވެސް އިޝާން އާއި މިއީޝާ ނުވަތަ އެމީހުންގެ ފޭނުންނަށް ކިޔަން ލޯބިކުރާ ގޮތުގައި ‘މިއީޝާން’ ދަނީ ދުވަހުން ދުވަހަށް ވަރުގަދަ ވަމުންނެވެ. އެމީހުންގެ ފޭނުން އެމީހުންގެ ކައިވެނީގެ ޕްލޭންތައް ހާމަވާނެ ދުވަހަކަށް އިންތިޒާރު ކުރަމުނެވެ.

ޕްރިންސް ނާރޫލާ އާއި ޔުވިކާ ޗައުދަރީ:

https://www.instagram.com/p/Cfl_sNWqXM4/?hl=en

ޕްރިންސް ނަރޫލާ އާއި ޔޫވިކާ ޗައުދަރީ ފުރަތަމަ ފަހަރަށް ބައްދަލުވީ "ބިގް ބޮސް 9" ގެ ގެ ތެރެއިންނެވެ. ޔޫވިކާ ޗައުދަރީ އާއި ޕްރިންސް ނަރޫލާ އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށުމާއެކު ލޯބީގެ ގުޅުން ވަނީ އާލާވެގެން ގޮސްފަ އެވެ. ޕްރިންސް ވަނީ މިޝޯގެ ތެރޭގައި ޔޫވިކާއަށް ޕްރޮޕޯސްވެސް ކޮށްފަ އެވެ. މިހާރު ޕްރިންސް އާއި ޔޫވިކާ ކައިވެނިކޮށްގެން އުޅޭއިރު މިއީ ޓީވީ ތަރިންތެރޭގައި ހިމެނޭ އެންމެ ރޮމޭންޓިކް އެއް ޖޯޑެވެ.