އިންޑިޔާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ވަޒީފާއެއް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އެންގެވުމާ ގުޅިގެން، އިންޑިއާގައި ހުރެފައި ރާއްޖެ އައުމުން އެއީ އޮޅުމެއްކަމުގައި ރައީސް އޮފީހުން ބުނެފައިވާ ކަމަށް ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމް ބުނެފި އެވެ.
ޝިޔާމް މިއަދު ކުރި ޓްވީޓެއްގައި ބުނީ ހަޔާތުގައި އެންމެ ބޮޑު ދެރައެއް އަދި ނިކަމެތިކަމެއް ދިނީ މި ސަރުކާރުން ކަމަށެވެ. އަދި އޭނާގެ މަދު ރަހުމަތްތެރިން އެކަން ހަނދާނުގައި ބެހެއްޓުމަށްވެސް ޝިޔާމް އެދުނެވެ.
ޝިޔާމް ބުނީ އޭނާ އިންޑިއާގައި ހުއްޓައި ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒު ގުޅުއްވައި ޓްރިވެންޑުރަމުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން އާދައިގެ ވަޒީފާއެއް ހަމަޖެހިއްޖެ ކަމަށް އެންގެވި ކަމަށެވެ.
"ރައީސް އޮފީހުގެ ލޭންޑް ލައިނަކުން ގުޅައި ރާއްޖެ އައުމަށް އަންހެންކުއްޖަކުވެސް އެދުނު. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވެސް ވަޒީފާ ލިބޭނެކަމުގެ ކަށަވަރުކަން ދެއްވި،" ޝިޔާމް ބުންޏެވެ.
ޝިޔާމް ވިދާޅުވީ އޭނާ ނިސްބަތްވާ ދައިރގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)ވެސް ވަޒީފާ ހަމަޖެހޭނެ ކަމުގެ ޔަގީންކަންދީފައިވާ ކަމަށެވެ.
"މާލެ އައިސް ރައީސް އޮފީހަށް ދިއުމުން ބުނީ އެއީ އެރާއެއް ކަމަށް" ޝިޔާމް ބުންޏެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ މިނިސްޓަރު ޝިފާޒު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޢަލީ ޝިޔާމް ޕީއެޗްޑީ ޙާސިލްކުރެއްވުމަށްފަހު އިންޑިއާގައި ދިރިއުޅުއްވަމުން އައީ، ސަރުކާރަށް ވަރަށް ތާއީދުކުރައްވާ ބޭފުޅަކަށްވީމާ ސަރުކާރުން ވަޒީފާ ހަމަޖެހިގެން ފަތްކޮޅާ ޙަވާލުވުމަށް ރއ. މިނިސްޓަރ އަންގަވައިގެން ވަޑައިގަތުމުން އޮޅުމެއްކަމުގައި ބުނީމާ އެއީ ވަރަށް ދެރަކަމެއް! ސްޕްރީމްކޯޓުން މިކަންބަލަންޖެހޭނެ!
ކުފޫ ހަމަނުވާ ބަޔަކު ލައްވާ ޗަރުކޭސް ކުޅުވާކަން މަނިކުފާނައް ނޭނގުނުކަނ
ރައީސް އޮފީހުގެ މިނިސްޓަރަކީ ކަޓެއް ދިނުމުން ވަޒީފާ އޯކޭ ކޮށްދޭ މީހެއް!
ބޯގަޅި ކަމުން ނޫންތަ ތިގޮތަށް ދާނީ.
މިސަރުކާރަށް ވަރަށް އޮޅޭނެ.މިއީ އޮޅޭ ސަރުކާރު.
ތީއާދައިގެ ކަމެއް. މީ އޮޅޭސަރުކާރު