ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި "ސްމޯލް ގްރާންޓްސް" ފަންޑަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ބޭންކުން ހުޅުވާލައިފި އެވެ.
"ސްމޯލް ގްރާންޓްސް" ފަންޑުގެ ދަށުން އެހީދިނުމަށް ހަމަޖެހިފައިވަނީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތަކަށެވެ.
އެ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000 ރުފިޔާ ދޭން ވަނީ ހަމަޖެހިފަ އެވެ.
އަންނަ ސެޕްޓެމްބަރު 15 ގެ ކުރިން އީމެއިލް މެދުވެރިކޮށް މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފަ އެވެ.
ސްމޯލް ގްރާންޓަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރަޖިސްޓަރީ ވެފައިވާ ޖަމިއްޔާތަކަށެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ފެނަކައިން ކޮންމެ ދެ މަހުން ކޮމިޓީއަށް ރިޕޯޓު ހުށަހަޅަން ބުނެފި
އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބުކުރުން ފަސްކޮށްފި