އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ރައީސް ސޯލިހާއި ދެމެދު ނުތަނަވަސްކަން ވަރަށް އުފެދިފައި ވަނިކޮށް އެމަނިކުފާނު ދޫދެއްވާ ފަހަތަށް ޖެހިވަޑައިގެންނެވި މޭރުމަކުން ވާހަކަފުޅު ދައްކަވައިފި އެވެ.
އެމްޑީޕީގެ ވަޓްއަޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި ދެކޮޅަށް މަސައްކަތް ކުރެވުމަކީ ގޯސް ކަމެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލު ކުރަން އެމަނިކުފާނު ފައްޓަވާފައިވާ މަސައްކަތުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވާ އިބްރާހިމް ވަހީދު (އިބްރޭ) އެމްޑީޕީގެ ކޮންގްރެސްގެ ކަންކަމުގައި އިސްކޮށް އުޅުއްވާތީ އެކަމާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަންދުން ހުސެއިން) ކުރެއްވި ޝަކުވާއަކާއި ގުޅިގެންނެވެ.
އެމްޑީޕީ ވަޓްސްއެޕް ގްރޫޕްގައި އަނދުން ހުސެއިން ކުރި އެ ޝަކުވާއާ ގުޅިގެން ނަޝީދު ވިދާޅުވީ، ފައްޔާޒާއި ދެކޮޅަށް ކުރިން މަސައްކަތް ކުރެވުނީ އަނދުން ހުސެއިނާއި ހެދި ކަމަށެވެ.
"އެއް ފަހަރު، ހުސައިން އަޅުގަނޑު ލައްވާ އެކަން ކުރުވި. އެއީ އަޅުގަނޑަށް ކުރެވުނު ގޯސް ކަމެއް". ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ފައްޔާޒާއި ދެކޮޅަށެވެ. އެމަނިކުފާނުގެ ޓީމްގައި ހުންނެވީ އިމްތިޔާޒް ފަހުމީ އެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ވަރަށް ހަޑި ހުތުރުކޮށް ބަހުގެ ހޫނު ހަމަލާތައްވެސް ބަދަލު ކުރެވުނެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނިކޮށް ވަނީ ދޫކޮށްލާފަ އެވެ. އަދި ރައީސް ސޯލިހު ހިލޭ އަންހެނަކާއެކު ޒިނޭ ކުރާ 4 ގަނޑު ފޮޓޯ އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތް ކަމަށް ވިދާޅުވި ނަމަވެސް އެ ފޮޓޯތަކުގެ ވާހަކަ ފަހުން ދައްކަވާފައެއް ނުވެ އެވެ. އެހެންކަމުން ގިނަބަޔަކު ދަނީ ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގެން އަމާން ދެއްވީތޯ ސުވާލު ކުރަމުންނެވެ.
ހަވަނަކުޅި ކުޅުނީ. ނިކަން ހުށިޔާރުވެ ތިއްބަވާތި. ފަހަތުން ނަގާރާޅު ބޮޑުވެފައި ހޮޅިލާ ބިންދާލުމަށް ތައްޔާރުވެއްޖެ. ކުޅިބަލަން ތިއްބަވާ!