ފާއިތުވި 24 ގަޑިއިރު ނެގި 1،753 ސާމްޕަލުން އިތުރު 37 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދުގެ ކޭސްތަކުގެ ތެރެއިން 30 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ހަތް މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

Adv by Villa Hakatha Pvt. Ltd
Villa Hakatha Pvt. Ltd
Adv by Dhiraagu
Dhiraagu

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 13،143 އެވެ. އޭގެތެރެއިން މިހާތަނަށް 12،199 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ.

މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 78 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.