ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 16 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 9 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އަދި ރަށްރަށުން ފަސް މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ދެ މީހުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއްމިއަދު ޕޮޒިޓިްވވި މީހުންނާ އެކު ކޮވިޑް ޖެހުނު މީހުންގެ އަދަދު 13،159 އަށް އެރީ އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 841 މީހުންނެވެ. އޭގެ ތެރެއިން 79 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

މިހާތަނަށް 47 މީހަކު ކޮވިޑް ޖެހިގެން މަރުވެފައި ވެ އެވެ.