ރ. އުނގޫފާރުގައި ފީނަން ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ޒުވާނާ ވަނީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ މަރުވީ ފީނަން ގޮސް އުޅެނިކޮށް ގެނބިގެންނެވެ.
އުނގޫރާފު ކައުންސިލް މެންބަރަކު ވިދާޅުވީ މަރުވެފައި ވަނީ އާންމުކޮށް މަސް ހިފަން މޫދަށް ގޮސް އުޅޭ އެެރަށު އާބިން، އަލީ މިމްރާހު، 25، ކަމަށެވެ.
މިމްރާހަކީ އެރަށުގައި ފާހަގަކޮށްލެވޭ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށް ވެސް ކައުންސިލް މެންބަރު ވިދާޅުވި އެވެ.
އުރަމަތީގެ ސިއްހަތަށް އަންހެނުން ގެންގުޅެންޖެހޭ 5 އާދައެއް!
"އެވެންޖާސް: އެންޑްގޭމް" އަލުން ރިލީޒް ކުރަނީ!
އައިކޮމްއަށް އަޒީޒު ޖަމާލު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
