އަހަރެމެންގެ ތެރެއިން ގިނަ މީހުން ހެނދުނު ހޭލާ ގޮތަށް ދުއްވައިގަންނާނީ ކޮފީއެއް ބޯށެވެ. ކޮފީ ހަދަން ފެން ކައްކަން ޖައްސާފައި ނޫނީ ބައެއް މީހުންނަށް ދަތް އުނގުޅަން ފާޚާނާ އަށް ވެސް ނުވަދެވެ އެވެ. ކޮފީ އަކީ އޭގެ ޒާތުގައި ވަރަށް ގިނަ ސިއްހީ ފައިދާ އެކުލެވޭ އެއްޗެކެވެ.
ނަަމަވެސް ހެނދުނު ހޭލާ ގޮތަށް ބޮޑު ފެންތައްޓެއް ބޯލުމުގެ ބަދަލުގައި ކޮފީ ބުއިން ރަނގަޅެއް ނޫނެވެ. އެންމެ ރަނގަޅުގޮތަކީ ހޭލާ ގޮތަށް ލުނބޯހުތް ކޮޅެއް އަޅާލައިގެން ހޫނު ފެން ތައްޓެއް ބޯލުމެވެ. އޭރުން ރަނގަޅަށް ހޭލެވިއްޖެކަމުގެ އިހްސާސް ކުރެވި، ސިއްހަތަށް ފައިދާ ލިބި އަދި ހަށިގަނޑުން މަދުވެފައިވާ ފެނުގެ ބައި ވެސް ލިބޭނެ އެވެ. އަދި ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް ވެސް ބަރާބަރު ވާނެ އެވެ.
ސައިންސްވެރިން ހަދާފައިވާ ވަރަށް ގިނަ ދިރާސާތަކުން ކޮފީން ލިބޭ ގިނަގުނަ ސިއްހީ ފައިދާތައް ފެނިފައި ވާތީ އެވެ. އެންމެ ފަހުގެ މިފަދަ ހޯދުމުން ދެއްކި ގޮތުގައި ކޮފީ ބުއިމަކީ އުމުރު ދިގުވާ ކަމެކެވެ.
އެމެރިކާގެ ސައިންްސްވެރިން ކުރި މި ދިރާސާއިން އެނގިފައިވަނީ ދުވާލަކު ހަތަރު ޖޯޑަށް ވުރެ ގިނައިން ކޮފީ ބޯ މީހުން ޅަ އުމުރުގައި މަރުވުން ކޮފީ އެއްގޮތަކަށް ވެސް ނުބޯ މީހުންނަށް ވުރެ މާ މަދެވެ. ކޮފީ ބުއިމުން އުމުރު ދިގުވާ ކަން މި ދިރާސާއިން ހާމަވެ އެވެ.
އެހެން ނަމަވެސް ހެނދުނު ހޭލާ ގޮތަށް ކޮފީ ބުއިމަކީ މި ދެންނެވި ފައިދާތައް ނުލިބި ކޮފީއިން ހަށިގަނޑަށް ކުރަންވާ އެންމެ ރަނގަޅު އަސަރު ކުރުމުން ދުރުހެލިކޮށްދޭ ކަމެކެވެ.
އެހެންކަމުން ނިދާ ހޭލާ ގޮތަށް ކޮފީ ތަށްޓެއް ބޯ ބުއިން ނިމުމަކަށް ގެނެސް މެންދުރު ނުވަތަ މެންދުރު ފަހުގެ ވަގުތުތަކުގައި ކޮފީ ބޯން އާދަކުރާށެވެ.