މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ފްލެޓް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކަރެކްޝަންސްގެ މުވައްޒަފުންގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި ވަރަށް ގިނަ ދަތިތަކަކާއި ކަންބޮޑުވުންތައް ހުރިކަން ފާހަގަވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޖަލުތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމުގައި ހުރި ދަތިތައް ކަމަށާއި އެކަމަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
""ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއްވެސް، އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.
ކަރެކްޝަންސްގެ މުވައްޒަފުންނަށް ފްލެޓް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މަސައްކަތް ފެށި އެއްވެސް ފްލެޓެއްގެ މަސައްކަތް ނިމިފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި ބިނާކުރެއްވި ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު، އެތަނުގައި ދިރިއުޅޭ މީހުންނަށް އެންމެ އަސާސީ ހިދުމަތްތައް ވެސް ފުރިހަމަކޮށް ނުދެވޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ.

ްއެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ހަމަލާތައް ހުއްޓާނުލާނަމަ ތެޔޮ ބޭރުކުރަން ހުއްދަ ނުދޭނަން: އީރާން
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!