ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ހިނދުކޮޅެއް"ގެ ލަވަ، "ލޮލަކަށް ނިންޖެއް ނާދޭ" އާންމުންނަށް ދޫކޮށްލައިފި އެވެ.
ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިލަވަ ދޫކޮށްލާފައިވަނީ "ހިނދުކޮޅެއް"ގެ ބަތަލާ އައިމިނަތު ރަޝްފާ (އާޝާ) ގެ އުފަން ދުވަހާ ގުޅިގެންނެވެ.
"ލޮލަކަށް ނިންޖެއް ނާދޭ" މި ލަވަޔަކީ ފެނިގެން ދަނީ ހިނދުކޮޅެއް ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ޝަރަފް އަދި އާމިނަތު ރަޝްފާ (އާޝާ)، މި ދެ ފަންނާނުންނެވެ.
މި ލަވައަށް އަންނަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
އަރަމުން އަންނަ ޒުވާން ބަތަލާ އާޝާ އަކީ ޑާކް ރެއިންގެ 2019 ގެ ފިލްމު "ގޮށްރާޅު" އިން ފިލްމީ ދާއިރާ އަށް ނުކުތް ބަތަލާއެކެވެ.
ލޯބީގެ ވާހަކައަކަށް ހަދާފައިވާ "ހިނދުކޮޅެއް" ގެ އިތުރު ކާސްޓް ތެރޭގައި ރަވީ ފާރޫގާއި މަރިޔަމް މަޖުދާ (މަޖޫ) ވެސް ހިމެނެ އެވެ. އަހުމަދު ތޮލާލުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.
"ހިނދުކޮޅެއް" ގައި ހިމެނޭ "ލޮލަކަށް ނިންޖެއް ނާދޭ" އަކީ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ވަރަށް މަޝްހޫރުވި ލަވައެކެވެ. މީގެ އާ ވާޝަން ކިޔާފައި ވަނީ މަރިޔަމް އަޝްފާ އަދި ހުސެއިން ތައުފީގް އެވެ.

ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަކަށް ބޮޑުވެދާނެ: އީރާން
ރާއްޖެއަށް ތެޔޮ ހޯދަން އިންޑިއާގެ އެހީއަށް އެދެފި
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
މީގެ އަސްލު ލަވަޔާ އަޅާބަލާއިރު ހަމަ ސުމެކޭ ބުނަން ޖެހެނީ ހުރިހާ ގޮތަކުންވެސ.