ކޮންމެ އަހަރަކުވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު މިއަހަރު 10 ނޫސްވެރިއަކު ހޯދައިފި އެވެ.

ނޫސްވެރިންނަށް އެވޯޑުތައް ހަވާލުކޮށްދީފައި ވަނީ ޝަރަފްވެރި މެހެމާނު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ގާސިމް އަބްދުލް ކަރީމާއި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އާއި އެ ކައުންސިލްގެ ބައެއް މެމްބަރުންނެވެ.

މީގެއިތުރުން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އިން ވެސް މުޒައްޔިނު ވަނީ އިނާމު ހާސިލު ކޮށްފަ އެވެ.

އުންމީދީ ނޫސްވެރިޔާގެ އެވޯޑު މުޒައްޔިނު ނާޒިމަށް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ހަވާލުކޮށްދެއްވަނީ

ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ނޫސްވެރިން:

ތަޙުގީގީ ނޫސްވެރިކަން: މުހައްމަދު މުޒައްޔިން ނާޒިމް، ސަން އޮންލައިން

އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން (ޕްރިންޓް އޮންލައިން): ޝަފްނާ ހުސެއިން، ސަން އޮންލައިން

ސިޔާސީ ދާއިރާ (ޕްރިންޓް އޮންލައިން): މުޙައްމަދު ވިޝާމް، އަވަސް އޮންލައިން

ޝަރުއީ އަދި ގާނޫނީ ދާއިރާ (ޕްރިންޓް އޮންލައިން): މުއިއްޒު އިބްރާހީމް، މިހާރު ނޫސް

ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ (ޕްރިންޓް އޮންލައިން): އީމާން އަންވަރު، އަވަސް އޮންލައިން

ކުޅިވަރުގެ ދާއިރާ (ޕްރިންޓް އޮންލައިން): މުހައްމަދު ހަމްދޫން، މިހާރު ނޫސް

ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ (ޕްރިންޓް އޮންލައިން): މުހައްމަދު އަފްރާޙް، އަވަސް އޮންލައިން

ވިޔަފާރި އާއި އިގުތިސޯދު (ބްރޯޑްކާސްޓިން ދާއިރާ): ސިމާހާ ނަސީމް، ރާއްޖެ ޓީވީ

ފީޗާ ދާއިރާ (ޕްރިންޓް އޮންލައިން): މުހައްމަދު ހަމްދޫން، މިހާރު ނޫސް

ފީޗާ ދާއިރާ (ބްރޯޑްކާސްޓިން): ޝުރުފާ މުހައްމަދު، ވީޓީވީ

ފޮޓޯ ޖާނަލިޒަމް: ނިޝާން އަލީ، މިހާރު ނޫސް

ވީޑިއޯ ޖަނަލިޒަމް: ޝުރުފާ މުހައްމަދު، ވީޓީވީ

އެންމެ އުއްމީދީ ނޫސްވެރިޔާ: މުހައްމަދު މުޒައްޔިން ނާޒިމް، ސަން އޮންލައިން

އެ ކެޓެގަރީތަކުން އިނާމު ހާސިލްކުރި ނޫސްވެރިންނަށް މީޑިއާ ކައުންސިލުން ދޭ ފައިސާގެ އިނާމުގެ އިތުރުން ވޭލް ސަބްމެރިންގެ ފަރާތުން ދެ މީހަކަށް ސަބްމެރިން ދަތުރެއް ދިނުމަށް ނިންމާފައިވެ އެވެ.

ޝަފްނާ ހުސައިނަށް ޝަރަފުވެރި މެހްމާން ގާސިމް އަބްދުލް ކަރީމް އެވޯޑް ހަވާލުކޮށްދެއްވަނީ

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަށް 80 ނޫސްވެރިއަކު ނަން ހުށަހަޅި އެވެ.

ޝުރުފާ މުހައްމަދަށް މީޑިއާ ކައުންސިލްގެ މެމްބަރު އަހްމަދު އަމީން މުހައްމަދު އެވޯޑް ހަވާލުކޮށްދެއްވަނީ