ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2058 ސާމްޕަލްގެ ތެރެއިން 34 މީހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. ބާކީ 19 ކޭސް އަކީ އަތޮޅު ތެރެއިން ފެނުނު ނުވަ ކޭސް އަކާއި ރިސޯޓުތަކުން ފެނުނު އަށް ކޭސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،308 އަށް އަރާފަ އެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،621 އެވެ. މިއަދު މި ބަލިން ރަނގަޅު ވެފައިވަނީ 30 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 633 އެވެ. އޭގެ ތެރެއިން 66 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި ބަލީގައި މިހާތަނަށް 47 މީހަކު ވަނީ މަރުވަފަ އެވެ.