މި ހަފްތާ ބަންދުގައި ނައިބު ރައީސް ފައިސަލް ނަސީމު ރ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަންނަވަން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ނައިބު ރައީސް ވަޑައިގަންނަވަނީ އެ އަތޮޅުގެ ހަ ރަށަކަށް ކަމަށެވެ.
ދެ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫ، ވަންދޫ، ދުވާފަރު، މާރުކަރު އަދި އިންނަމާދޫ އާއި އުނގޫފާރެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްތަކުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ އަދި ސަރުކާރުގެ އެހެން އިދާރާތަކުގެ ވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމުގައި މިއުވާން ވިދާޅުވި އެވެ.
މީގެ އިތުރަށް ވެސް މި ދަތުރުފުޅުގައި ދުވާފަރުގައި ބާއްވާ ޓޫރިޒަމް އެކްސްޕޯގެ އިނާމު ދިނުމުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މުރަނގަ ފަތުން ގިނަ ފައިދާތަކެއް!
ފުވައްމުލަކަށް ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސަން ގޮވާލައިފި
20 މީހުންނާއެކު ދަތުރުކުރި ތުރުކީގެ އަސްކަރީ ބޯޓެއް ވެއްޓިއްޖެ