ބޮލީވުޑްގެ ކާމިޔާބު ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" 5 ގެ ޝޫޓިން އަންނަ އަހަރު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޑައިރެކްޓަރު ސާޖިދު ނަޑިއަޑްވާލާ އަންނަނީ ހައުސްފުލް ފަސް ވަނަ ފިލްމަށް މޮޅު ވާހަކައަކާއި ފެންވަރު ރަގަޅު ސްކްރިޕްޓެއް ތައްޔާރު ކުރަމުންނެވެ. އަދި މިފަހަރުގެ ފިލްމުގައި ގިނަ އަދަދެއްގެ ތަރިން ފެނިގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އަންނަ އަހަރު މިފިލްމުގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު މިފިލްމުގައި އަކްޝޭ ކުމާރު، ޖޯން އަބްރަހަމް، އަބީޝެކް ބައްޗަން، އަދި ބޮބީ ޑިއޯލް ފެނިގެންދާނެ އެވެ.

"ހައުސްފުލް" ގެ ކޮންމެ ފިލްމެއްގައި އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް ހިމެނުނު ނަމަވެސް، ކޮންމެ ފަހަރަކު ވެސް ފިލްމުގެ ލީޑް ކާސްޓަށް ބޮޑު ބަދަލެއް އާދެ އެވެ. ހަތަރު ވަނަ ބައިން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ބޮބީ ޑިއޯލް އާއި ކްރިތީ ސެނަން އާއި ކްރިތީ ކަރްބަންދާގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ.

"ހައުސްފުލް" ފްރެންޗައިޒަކީ ސާޖިދު ޚާން ޑައިރެކްޓްކޮށް ގެނެސްދޭން ފެށި އެއްޗެކެވެ. މި ސީރީޒްގެ ފުރަތަމަ ދެ ބައި އޭނާ ޑައިރެކްޓްކުރި ނަމަވެސް "ހައުސްފުލް 3" އާއި "ހައުސްފުލް 4" ޑައިރެކްޓްކުރީ ސްކްރިން ރައިޓަރު ފަރުހާދު ސަމްޖީ އެވެ.

ހަތަރު ވަނަ ބައިގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސާޖިދަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ފިލްމުގެ މަސައްކަތުން އޭނާ އެކަހެރިކޮށް، ފަރުހާދާ ފިލްމު ހަވާލުކުރީ އެވެ.