ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ނަމަވެސް މިދަތުރުފުޅާއި ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައިނުވެ އެވެ
ރައީސް ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ބަހްރައިންގެ ރަސްގެފާނު، ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މީގެ ތިން ދުވަސް ކުރިން ނެވެ.
އަދި އޭގެ ކުރިން ރައީސް ސޯލިހުގެ ދެކަނބަލުންވަނީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވުމަށް ލަންޑަނަށްވެސް ވަޑައިގެންފަ އެވެ.
ރައީސް ސޯލިހަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން ބޭރަށް އެންމެ ގިނައިން ދަތުރުކުރެއްވި ރައީސް އެވެ.
ކަންގަނާއާއި ތާޕްސީގެ ކޯޅުން އަނެއްކާ ވެސް ހޫނުވެއްޖެ
އީރާނުން 200 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގޭސް ފެނިއްޖެ
"އިންސިޑިއަސް"ގެ އެންމެ ފަހުގެ ފިލްމުން ހިތް ބިރު ގަންނާނެ!