ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2358 ސާމްޕަލްގެ ތެރެއިން 18 މީހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ.

އިއްޔެއާ އަޅާ ބަލާއިރު މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ 34 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 13،326 އަށް މިހާރު ވަނީ އަރާފަ އެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،640 އެވެ. އޭގެ ތެރޭގައި މިއަދު ރަނގަޅުވި 19 މީހުން ވެސް ހިމެނެ އެވެ.

މިހާތަނަށް މި ބަލީގައި 48 މީހަކު ވަނީ ރާއްޖެއިން މަރުވެފަ އެވެ.