ބޮލީވުޑް ފިލްމުތަކާއި ސައުތު އިންޑިއަން ފިލްމުތައް ކުޅެފައިވާ ބަތަލާ ސްރޫތީ ހަސަންއަށް ހޮލީވުޑް ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

މަޝްހޫރު އެކްޓަރު ކަމަލް ހަސަން އާއި ކުރީގެ މަޝްހޫރު ބަތަލާ ސާރިކާގެ ދަރިފުޅު ސްރޫތީގެ ހޮލީވުޑް ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ ޖޯންރާގެ "ދި އައި" އެވެ. މީގެ ޑައިރެކްޓަރަކީ 2013 ގެ ޑޮކިއުމަންޓްރީ ފީޗާ "ޗިލްޑްރެން އޮފް ދަ ވިންޑް" ގެނެސްދިން ޑެފްނީ ޝްމަން އެވެ. މި އަހަރު އޭނަ "ދަ ވެޒެލްސް" ކިޔާ ކުރު ފިލްމެއް ވެސް ގެނެސްދިނެވެ.

ޝްރޫތީއާ އެކީ "ދި އައި" ގެ ބަތަލުގެ ރޯލުން ފެންނާނީ ސީރީޒް "ދަ ލާސްޓް ކިންގްޑަމް" ގެ ރޯލެއް ކުޅުނު މާކް ރޯލީ އެވެ.

މި ފިލްމުގެ ޝޫޓިންތައް ފަށާފައިވާއިރު ޝްރޫތީ ބުނެފައިވަނީ ފިލްމުގެ ޓީމް ވަރަށް ބަރާބަރު ކަމަށާއި މިއީ އޭނަ އެންމެ ކުރާ ހިތްވާ ކަންތައްތަކުގެ ވަރަށް ސާފު މަސައްކަތެއް ކަމަށެވެ.

ޝްރޫތީ އަށް ހޮލީވުޑްގެ ފީޗާ ފިލްމަކުން ފުރުސަތު ލިބުނު އިރު އޭނަ ކުރިން 2019 ގެ ހޮލީވުޑްގެ ސީރީޒް "ޓްރެޑްސްޓޯން" ގެ ރޯލެއް ވެސް ކުޅެފައިވެ އެވެ.

ޝްރޫތީ، 36، ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި 2009 ގެ "ލަކް" އާއި 2013 ގެ "ޑީ-ޑޭ" އާއި އެ އަހަރުގެ "ރަމާ ވަސްތަވާޔާ" އަދި 2015 ގެ "ވެލްކަމް ބެކް" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މިދިޔަ އަހަރުގެ "ދަ ޕަވާ" އެވެ. ޝްރޫތީ އަކީ އާންމުކޮށް ތެލެގޫ އަދި ތަމަޅަ ފިލްމުތައް ކުޅޭ ބަތަލާއެކެވެ.