އިސްކަންދަރުމަގުގައި ހުންނަ މ. ނިރުފެހީގެ ތިރީ ގަރާޖުގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުންވި މީހުންނަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އެ ހާދިސާއާއި ގުޅިގެން 31 މީހަކަށް ވަގުތީ ބޯހިޔާވަހިކަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނީ 18 ބިދޭސީއަކާއި 13 ދިވެހިން ކަމަށެވެ.

މި މީހުންނަކީ ރޯވި މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ. ސެންޑް ރޯސް ގެ އެންމެ ތިރީގައި ހުރި ގަރާޖު ރޯވުމާ ގުޅިގެން އެ އިމާރާތާ ކައިރީގައި ހުރި އިމާރާތްތަކުގައި އުޅެމުން ދިޔަ މީހުންނެވެ.

ޑިޒާސްޓާ އިން ބުނީ ވަގުތީ ހިޔާތަކަށް ބަދަލުވި މީހުންގެ ތެރެއިން ގިނަ ދިވެހިން ބަދަލުވީ އެ މީހުންގެ އާއިލީ މީހުންގެ ގާތަށް ކަމަށެވެ. އަދި ބާކީ ތިބި މީހުން ގެސްޓު ހައުސްތަކަށް ބަދަލުކޮށްފައިވެ އެވެ.

ރޭ ދަންވަރު 12:30 އެހާކަށްހާ އިރު ގަރާޖުގައި ރޯވި ހާދިސާގައި މިހާތަނަށް 11 މީހަކު މަރުވެފައިވެ އެވެ.

އަދިވެސް އެސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްއިން އަންނަނީ ހަރަކާތެރިވަމުންނެވެ.