ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 16 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ކުރި 3،171 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން 11 މީހަކު ޕޮޒިޓިވްވެފައިވާއިރު މީހުން އަތޮޅު ތެރޭގެ ރަށަކުން އެކަކުން އަދި ލިވަބޯޑުތަކުން ހަތަރު މީހެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 13،418 އަށް އަރައިފަ އެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 12،828 އެވެ. މީގެތެރޭގައި ފާއިތުވި 24 ގަޑިއރު ތެރޭ ރަނގަޅުވި 26 މީހަކު މީހުން ވެސް ހިމެނެ އެވެ.

މިވަގުތު ޖުމްލަ 535 މީހުން ބައްޔަށް ފަރުވާ ހޯދަމުން ދާއިރު، އޭގެތެރެއިން 48 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގަ އެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 48 މީހަކު މަރުވެފައިވެ އެވެ.