ސުޕްރީމް ކޯޓު ރިސެސް އަށް ހިނގައްޖެ އެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.
ސުޕްރީމް ކޯޓުން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ކޯޓުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ޙާލަތުގެ އިތުރަށް، ޤާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ އެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެ އެވެ.
އެމްޑީޕީ މޭޔަރުން: މި އަންނަނީ 2028 ވެސް ކާމިޔާބު ކުރަން!
ސްޕޯޓްސް މިނިސްޓްރީގައި ސިޔާސީ މުވައްޒަފުންގެ އަދަދު 300 ގާތްކުރޭ
ދަޑިމަގު ދާއިރާއަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަތީޖާ އެއްވަރު