ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ އަށް މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ނެގި 2،613 ސާމްޕަލް ޓެސްޓް ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ކޮވިޑަށް މިހާ މަދުން ޕޮޒިޓިވްވި ދުވަހެވެ.

މިއަދުގެ ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވި ހަތަރު މީހުން ނާއި ރިސޯޓުތަކުން ޕޮޒިޓިވްވި ތިން މީހުންނާއި އަތޮިޅު ތެރޭގެ ރަށަކުން ޕޮޒިޓިވްވި އެކެކެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 19 މީހުންނެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 13،501 އަށް އަރާފައެވެ. މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 12،929 އެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 517 އެވެ. އޭގެތެރެއިން 40 މީހަކު ފަރުވާ ހޯދަމުންދަނީ ހޮސްޕިޓަލުތަކުގަ އެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެ އެވެ.