ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،404 ސާމްޕަލުން އިތުރު 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 14 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން ދެ ކޭސް ފެނިފައިވާއިރު، ރިސޯޓްތަކުން ހަތް މީހަކު މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،524 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 12،960 މީހުން ވަނީ ރަނގަޅުވެފަ އެވެ.

އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 509 އެވެ. އޭގެތެރެއިން 41 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު މަރުވެފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް މަދުވަމުން އަންނާތީ އެޗްޕީއޭ އިން ވަނީ އަޅާފައިވާ ފިޔަވަޅުތައް ބޮޑުތަނުން ލުއިކޮށްދީފަ އެވެ.