ހިކަނދި ފަތަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ އެއްޗެކެވެ. ހަމަ އެހެންމެ ދިވެހީން ގެ ތެރޭގައި ވެސް މިފަތަކީ ވަރަށް އާންމު ކޮށް ބޭނުން ކުރާ ފަތެކެވެ. އެހެންކަމުން މިއިން ލިބިދޭ ސިއްޙީ ފައިދާތައް އެނގިފައި އޮތުން ރަނގަޅުވާނެ އެވެ.

ހިކަނދި ފަތަކީ ފައިބާ، ކެލްސިއަމް، ފޮސްފަރަސް، ދަގަނޑު، ވިޓަމިންސް އޭ، ބީ، އީ ލިބިދޭ އަދި ހިތުގެ މަސައްކައްތައް ރަނގަޅު ހަށިގަނޑުގެ ހުންނަ ޖަރާސީމު ނައްތާލާ ހަމަ އެހެންމެ ގައިގެ ހަންގަނޑު އަދި އިސްތަށިގަނޑު ރީތި ކޮއްދޭ އެއްޗެކެވެ.

ހިކަނދި ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތަކުގެ ތެރޭގައި ބޭރަށްހިންގުން ހުއްޓުވުމާއި، ބަނޑާއި ގޮހޮރު ސާފުކޮށްދިނުމާއި ހަކުރު ބަލި އަދި ސަރުބީ ދަށްކުރަން ފަސޭހަވުމާއި، ލޮލުގެ ފެނުން ރަނގަޅު ކޮށްދިނުމާއި، ކެންސަރާއި އިންފެކްޝަން ތަކުން ރައްކާތެރި ކޮށްދިނުމާއި، އިސްތަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައް ހިމެނެ އެވެ.

ހިކަނދިފަތް ބޭނުން ކޮށްގެން އެކިއެކި ބަލިތަކުން ރައްކާތެރި ވުމައްޓަކައި ޖޫސްވެސް ތައްޔާރު ކުރެވިދާނެ އެވެ. އޭގެ އިތުރުން މޫނާއި ހަންގަނޑުގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ފޭސްޕެކް ވެސް ތައްޔާރު ކޮއްލެވިދާނެ އެވެ.

ހިނކަދި ފަތަކީ ފަސޭހައިން ލިބޭ އެހާމެ ގިނަ ބަލިތަކުގެ ޝިފާ އެކެވެ. އެހެން ކަމުން ރޮލަށް ކެއުމުގެ އިތުރުން ކެއްކުމުގައި ބޭނުންކުރާ ހިކަނދިފަތްތަކަކީ ވެސް ކާއިރު އުކާލަންވާ ވަރުގެ އެއްޗެއް ނޫނެވެ.