އަރިދަފުސް ރޯގާއަކީ ގައިން ގަޔަށް އަރާ އާއްމު ބައްޔެކެވެ. ނުހަނު ފަސޭހައިން ފެތުރޭ މި ބައްޔަށް އެކި މީހުން ހޯދަނީ އެކި ފަރުވާ އެވެ.

އެގޮތުން މި ބަލާލަނީ އަރިދަފުސް ރޯގާއާއި ކަރުގައި ރިއްސުމަށް ގޭގައި ފަސޭހައިން ތައްޔާރު ކުރެވިދާނެ ބުއިމަކަށެވެ. އަޖުމަބަލާލާށެވެ.

މި ބުއިން ތައްޔާރު ކުރުމަށް ބޭނުން ވާނީ:

  • ފޮނިތޮށި
  • އަންދާލައިފައިވާ ލުނބޮއެއް
  • ރީތި ލުނބޮއެއް
  • ކާފޫރުތޮޅި
  • ހޫނު ފެން
  • ކަރަންފޫ

މި ބުއިން ތައްޔާރު ކުރުމަށް ޓަކަައި މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހެ އެވެ. ޖޯޑެއްގެ ފެން ހޫނުކުރަން ލުމަށް ފަހު ބޭނުންވާ ހުރިހާ އެއްޗެއް އެ ފެނުގެ ތެރެއަށް އަޅާލާށެވެ. އަދި ރަނގަޅަށް ފެންގަނޑަށް ކުލައާއި ވަސް އަންނަން ދެން ކައްކާލާށެވެ. އެއަށްފަހު ފުރާނައިލައިގެން އެ ފެންތަށި ތާފަނާކަން މަތީގައި ބޯލާށެވެ. ހަފްތާއެއް ތެރޭގައި ރޯގާއާއި ކަރުގައި ރިހުން އެއްކޮށް ކެނޑިގެން ދާނެ އެވެ.