އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ހާއްސަކޮށް، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އުފައްދަވައިފި އެވެ.
ސާޖިދާ މިކަން އިއުލާން ކުރައްވާފައިވަނީ މޭކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް އުފެއްދެވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ނަމަވެސް، އެ ޖަމްއިއްޔާއާ ގުޅޭ އިތުރު ތަފްސީލް ހާމަކުރައްވާފައެއް ނުވެ އެވެ.
މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމެޓީ ބައްދަލުވުމުގައި ހިއްސާކުރައްވާފައިވެ އެވެ.
ސާޖިދާ ވަނީ މޭކް ފައުންޑޭޝަންގެ ފަރާތުން، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ގާތުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފަ އެވެ.
ހަތްވަނަ އެމްއެފްއެފްއެލްއައި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މެޑަމް ސާޖިދާ މިއަދު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.
ނޭޕާލުގައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީވުމުގެ ފުރުސަތު
ތިލަފުށީ އާ ޕޯޓުގެ އިމާރާތްތައް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ
ބަރަހަނާ ފޮޓޯއާއި ވީޑިއޯ ވިއްކި މީހުން ޖަލަށްލުމަށް ހުކުމްކޮށްފި