ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،455 ސާމްޕަލްތަކުން އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން ޕޮޒިޓިވްވި ހަތްމީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި ފަސް މީހެކެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،537 އަށް އަރާފައެވެ. އޭގެތެރެއިން 12،983 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު އެކަނި ވެސް 23 މީހަކު އެ ބަލިން ރަނގަޅުވެފައިވެއެވެ.

ކޮވިޑްގެ ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 499 އެވެ. އޭގެ ތެރެއިން 39 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެއިން 48 މީހަކު ވަނީ މަރުވެފަ އެވެ.