ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،562 ސާމްޕަލްގެ ތެރެއިން 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 12 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި އަތޮޅު ތަކުގެ އެކި އެކި ރަށްރަކުން ހަތަރު ކޭސް ފެނިފައިވާއިރު، ސޯޓްތަކުން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 13،558 އެވެ.

އެ ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،011 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 492 އެވެ. އޭގެތެރެއިން 37 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެނެވެ.

ވެންޓިލޭޓަރުގައި އެކަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެޗްއީއޯސީން ބުންޏެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 48 މީހުން ވަނީ މަރުވެފަ އެވެ.